ބޭރަށް ހިންގުމުގެ ރޯގާއެއް މާލޭ ސަރަހައްދުގައި ފެތުރެން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި، މި ރޯގާގައި ހޮޑުލުމާ އެކު ބޭރަށް ހިންގަ އެވެ. އަދި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ބަލި ޖެހިގެން ޑޮކްޓަރަށް ދައްކަމުންދާކަން ވެސް އެނގިފައިވެއެވެ.
މިފަދަ ރޯގާއެއް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ވެސް ފެތުރުނެވެ.
އެޗްޕީއޭއިން މީގެ ކުރިން އާއްމު ކުރި ޕޯސްޓެއްގައިވަނީ މި ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ކިޔައިދީފައެވެ.
އެގޮތުން އެ އެޖެންސީން ބުނީ:
° ބޭރަށް ހިންގާ ނަމަ ގިނައިން ފެންބޮއެ، އޯއާރުއެސް އަދި ° ސޫޕް ކަހަލަ ދިޔާ އެއްޗެހި ބުއިމަށް
° ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް
° ފާހާނާ ކުރުމަށް ފަހުގައި އަދި ކާ އެއްޗެހި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން
° ބަލިވެ އުޅޭ ނަމަ ސްކޫލަށް ނުވަތަ ވަޒީފާއަށް ނުދިޔުން
މިއީ ސްކޫލު ޗުއްޓީ ދުވަސްވަރުކަމުން، ބަލިތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިދުވަސްވަރު މާލޭ ސަރަހައްދުގައި ހިމަބިހި ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ވެސް ވަނީ އެދިފަ އެވެ.



