ހދ. ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ، އެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ. އަދި އޭގައި ތިބި ދެމީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ވެސް ވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ، ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު 2026 ޖުލައި 21 ވަނަ ދުވަހުގެ ރޭ ދަންވަރު 00:20 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ފަޅުވެރިޔާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ނަމަވެސް، ކެޕްޓަނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
މި ހާދިސާގައި ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
ފުލުހުން ގެންދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.



