އެމްޓީސީސީގެ ”ސުޒުކީ ފުޓުބޯޅަ ފޯރި 2024“ ޕްރޮމޯޝަން ރަސްމީކޮށް މިއަދު އިފްތިތާޙު ކޮށްފި އެވެ.
”ސުޒުކީ ފުޓުބޯޅަ ފޯރި 2024“ ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިއަދު އެކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ(ސީއީއޯ) އަލްފާޟިލް އަބްދު الله ޒިޔާދު އެވެ.
”ސުޒުކީ ފުޓުބޯޅަ ފޯރި 2024“ ޕްރޮމޯޝަންއަކީ ސުޒުކީ އިންޖީނާއ،ި ސުޒުކީ އިންޖީނުގެ ސްޕެއަރ ޕާރޓްސ،ް ސުޒުކީ އިންޖީނުގެ އަޑީތެލާއި ގިޔަރުތެޔޮ އަދި މީގެ އިތުރުން މެރޯލް އައުޓްބޯޑުގެ ސްޓިއަރިންގ ސިސްޓަމް ގަންނަ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓްތަކެއް ދޭގޮތަށް މިމަހުގެ 15 ގައި ފެށި ދެމަސްދުވަހުގެ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ޖުލައި މަހުގެ 15 އާ ހަމަޔަށް ކުރިޔަށްދާނެކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ، މި ޕްރޮމޯޝަން ކުރިޔަށްގެންދިއުމުގެ މައިގަނޑު އަމާޒަކީ، އައުޓްބޯޑު އިންޖީނު ހެޔޮއަގުގައި ގަންނަން ބޭނުންވާ ފަރާތްތަކާއ،ި ސުޒުކީ އައުޓްބޯޑު އިންޖީނު މަރާމާތު ކުރުމާއ،ި މެއިންޓެނެންސްގެ މަސައްކަތްތަކަށް ބޭނުންވާ ސްޕެއާރ ޕާރޓްސް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ހެޔޮ އަގެއްގައި އެ ސާމާނު ފޯރުކޮށްދިނުންކަމަށެވެ. ޕްރޮމޯޝަންގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެމްޓީސީސީގެ ޓީމުތަށް ޒިޔާރަތްކޮށް ސުޒުކީ އިންޖީނު މެއިންޓަނަންސް ކުރުމާއި ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއްވެސް ހިންގުމަށްވެސް ވަނީ ރާވާފަ އެވެ.
”މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ބައެއް އޮޑިހަރުގެތަކާއ،ި ބޯޓުޔާޑުތައް އަދި އިންޖީނު މަރާމާތު މަސައްކަތްކުރާ ވޯރކްޝޮޕްތަކާއި ސަރވިސް ސެންޓަރުތަކަށް އަމާޒުކޮށް ޙާއްސަ ފީލްޑް ވިޒިޓްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ. މީގެ އިތުރުނ،ް ދުއްވަމުންދާ އުޅަނދުފަހަރުގެ އިންޖީނު ސަރވިސް އިންސްޕެކްޝަން ކުރިއަށް ގެންދިއުމާއ،ި މެއިންޓެނެންސްއާއި ގުޅޭގޮތުން އިތުރަށް ހޭލުންތެރިކުރުމަށް މަޢުލޫމާތު ފޯރުކޮށްދިނުންވެސް ހިމެނޭ.“ އެމްޓީސީސީން ބުނެފައި ވެއެވެ.
ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަންތައް ބާއްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއ،ި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައް އަބަދުވެސް ރާވާ ހިންގަމުން ގެންދާކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
ސުޒުކީ އައުޓްބޯޑް އިންޖީނު ރާއްޖެއަށް ތައާރަފުކުރީ 2007 ވަނަ އަހަރުއެވެ. ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި ދިވެހިންގެ މެދުގައި ސުޒުކީ އިންޖީން މަގްބޫލްވެފައިވަނީ ތެލުގެ ޚަރަދު ކުޑަ އިންޖީނެއްގެ ގޮތުގައެވެ. އަދި މި އިންޖީނަކީ އެހެން އިންޖީނުތަކަށްވުރެ ގިޔަރު ވަރުގަދަ އިންޖީނެކެވެ. ސުޒުކީ އިންޖީނުގެ ގިޔަރު ފަރުމާކުރެވިފައިވަނީ ގަދަ ރާޅުތަކުގެތެރޭގައި ރައްކާތެރިކަމާއިއެކު ދަތުރުކުރާއިރު މަޑުޖައްސާލުމަށްފަހު ދުއްވާލިނަމަވެސް ވަގުތުން ޓޯކް ލިބޭނެހެންނެވެ. މީގެއިތުރުން ސުޒުކީ އަކީ ޓެކްނޮލޮޖީގެ ގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ އިންޖީނެކެވެ.




