މިއަހަރުގެ އޭޕްރީލް މަހު ފެމިލީ ކޯޓުން ނިންމައިދިން ކޮންމެ ވަރިއަކަށް ނިސްބަތުން ބަލާއިރު ދެ ކައިވެންޏަށްވުރެ އިތުރަށް ކައިވެނި ކޮށްދީފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
ފެމިލީކޯޓުން ވަނީ އޭޕްރީލް މަހުގެ ވަރި ކައިވެންޏާއި އަދި އެހެނިހެން ތަފާސް ހިސާބު ރޭ ހާމަކޮށްފަމއެވެ.
ކޯޓުގެ ތަފާސްހިސާބު ބުނާގޮތުން އޭޕްރީލް މަހު 60 ވަރި ކޮށްދީފައިވާއިރު އެ މަހު 144 ކައިވެންޏެއް ވަނީ ކޮށްދީފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޚަރަދުގެ 11 މައްސަލައަކާއި ކުޑަކުދިންނާއި ގުޅުންހުރި ހަ މައްސަލައެއްގެ އިތުރުން އާޢިލީ އެހެނިހެން 12 މައްސަލައެއް، ނިންމާފައިވެއެވެ.
ފެމިލީކޯޓުން ބުނީ އަންހެނުން ހުށަހަޅާފައިވާ މައްސަލަތަކުގެ 100 އިންސައްތަ މައްސަލަ ނިންމާލާފައިވާކަމަށެވެ. އެގޮތުން ގެވެށި އަނިޔާއާ ގުޅޭ ކުރީ މަހުގެ ހަތް މައްސަލައަކާއި އޭޕްރީލްގައި ހުށަހެޅުނު ފަސް މައްސަލައެއް ނިންމާލާފައިވާކަން ފާހަގަކޮށްފައިވެއެވެ.
އިތުރު ބައެއް ތަފާސްހިސާބަށް ބަލާއިރު ޚަރަދުގެ 11 މައްސަލައެއް، އާޢިލީ އެހެނިހެން 12 މައްސަލައެއް، ކުޑަކުދިންނާއި ގުޅުންހުރި ހަ މައްސަލައެއް ނިންމާފައިވާކަމަށް ދައްކައެވެ.


