މާލޭގެ ގެއެއްގައި ގޭސް ލީކުވެގެން ހާލެ ދެރަވެ، އަންހެނަކު މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މާލެ، މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތްކަމުގެ މައުލޫމާތު 2026 އޮގަސްޓް 27 ވަނަ ދުވަހުގެ ހެނދުނު 10:34 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ހާލުދެރަވެފައިވާ ދެ މީހުންގެތެރެއިން އައިޖީއެމްއެޗަށް ގެންދިޔަ މީހާ ނިޔާވެފަވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. ނިޔާވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ.
ހާލު ދެރަވި 19 އަހަރުގެ އަންހެން މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




