ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި މިދިޔަ ހަފުތާގައި ގަނޑުފެން ފަރުބަދައެއް ކަނޑައިގެން ގޮސްގެން ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ރާއްޖޭގެ ރެޑް ކްރެސެންޓުން ހުޅުވާލައިފިއެވެ.
ރެޑް ކްރެސެންޓުން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފައިސާ ފޮނުވަން ޖެހޭނީ ކްރައުޑު ފަންޑިން ޕްލެޓްފޯމެއް ކަމަށްވާ ”ގިވްއޭޝިޔާ“ މެދުވެރިކޮށް ކަމަށެވެ. އަދި ބީއެމްއެލާއި އިސްލާމިކް ބޭންކު މެދުވެރިކޮށް ޑޮލަރުން ވެސް ރެޑް ކްރެސެންޓަށް ފައިސާ ފޮނުވޭނެ ކަމަށް ބުނެފައިވެއެވެ.
އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އެ ފަންޑަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ރެޑް ކްރެސެންޓުން ބުނީ، ނޭޕާލް ރެޑް ކްރޮސް ސޮސައިޓީއަށް ފައިސާ ފޮނުވާނީ އިންޓަނޭޝަން ފެޑެރޭޝަން އޮފް ރެޑް ކޮރޮސް އެންޑް ރެޑް ކްރެސެންޓު ސޮސައިޓީސް (އައިއެސްއާރުސީ) މެދުވެރިކޮށް ކަމަށެވެ.



