އަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި މިލިޔަނަކަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.
ްެއެގޮތުން ރިސޯޓުތަކުގައި 1.067،310 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. ރިސޯޓުތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. އެ ޤައުމުން ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %87.6 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.
ދެވަނަ އަށް ރިސޯޓުތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. އެ ޤައުމުން ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %82.5 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ޤައުމުތައް:
° ޗައިނާ: 271،987 ފަތުރުވެރިން
° ރަޝިއާ: 212،927 ފަތުރުވެރިން
° އިނގިރޭސިވިލާތް: 112،399 ފަތުރުވެރިން
° އިޓަލީވިލާތް: 94،045 ފަތުރުވެރިން
° ޖަރުމަނުވިލާތް: 89،980 ފަތުރުވެރިން
ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓް ހައުސްތަކުގައެވެ. އެއީ 321،327 ފަތުރުވެރިންނެވެ.


