ހއ. ދިއްދޫގައި 18 އަހަރު ނުފުރޭ ކުޑަކުދިން ރޭގަނޑު ބޭރުގައި އުޅުން ގިނަވާ ކަމަށް ބުނެ، އެކަމަށް ސަމާލުވާން އެ ރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
ދިއްދޫ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ރޭގަނޑު 9ގެ ފަހުން، ކުޑަކުދިން ބެލެނިވެރިޔަކާ ނުލައި އުޅުން ގިނަވަމުންދާއިރު، މިއީ އިޖްތިމާއީ ގޮތުން އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ. އަދި އަހުލާގީ ގޮތުން ވެސް އޭގެ އަަސަރު ފެންނާނެ ކަމަށް އެ ތަނުން ބުންޏެވެ.
އެހެންވެ، މަދަނީ ޖަމިއްޔާތަކާއި ފަންނީ ތަމްރީނުދޭ މަރުކަޒުތަކާއި ތައުލީމު ދޭ މަރުކަޒުތަކުގައި ވެސް ކުޑަކުދިން ހިމަނަގައިގެން ކުރިއަށް ގެންދާ ހަރަކާތްތައް ރޭވުމުގައި އެކަމަށް ސަމާލުކަން ދިނުމަށް ކައުންސިލުން އިލްތިމާސްކުރި އެވެ.
މީގެއިތުރުން ރޭގަނޑު 9ގެ ފަހުން އެކުދިން ބެލެނިވެރިޔަކާ ނުލައި ރަށުތެރެއަށް ނުކުމެ ނޫޅޭކަން ކަށަވަރުކުރުމަށް ބެލެނިވެރިންނަށް ވެސް އެތަނުން އިލްތިމާސްކުރިއެވެ.



