މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 2:30 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ މުޅި ރާއްޖެއަށް ވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިދުވަސްކޮޅު ކުރަމުންދާ ވިއްސާރައާ މި ހަފްތާގެ ބުދަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމުގައިވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.




