މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މުޅި ރާއްޖެއަަށް މިއަދު ނެރުނު ހުދު ސަމާލު ދަންމާލައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ހެނދުނު 9:30 އިން މެންދުރު ފަހު 2:00 އާ ހަމައަށް މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
އެ މުއްދަތު ހަމަވިފަހުން މެޓް އޮފީހުން ވަނީ މެންދުރުފަހު 2:00 އިން މިރޭ 8:00 އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ދަންމާލާފައެވެ.
މެޓް އޮފީހުން ވަނީ، ގުގުރުމާއެކު މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަަށް ވައިގަދަވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެ، އެކިވަރުގެ ގެއްލުންތައް އަންނަނީ ލިބެމުންނެވެ.



