ދިފާއީ އަދި ދީނީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ދެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެމްއޯޔޫތަކުގައި ސޮއިކޮށްފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއަދު ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ސޮއިކޮށްފައިވަނީ:
° މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމެންޓް އޮފް މެލޭޝިއާ އޮން ޑިފެންސް ކޯޕަރޭޝަން
° މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމެންޓް އޮފް މެލޭޝިއާ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް އިސްލާމިކް އެފެއާޒް
ދިފާއީ އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމުގައި:
° ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު
° މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް އިންވެސްޓުމެންޓު، ޓްރޭޑް އެންޑް އިންޑަސްޓްރީ ޖިހާރީ ބިން އަބްދުލް ގަނީ
އިސްލާމް ދީނާ ގުޅޭ ކަންތައްތަކުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި:
° ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
° މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް އިންވެސްޓުމެންޓު، ޓްރޭޑް އެންޑް އިންޑަސްޓްރީ ޖިހާރީ ބިން އަބްދުލް ގަނީ



