މިއަދާ ހަމައަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި ކަންކަން ބަދަލުވަމުން އައި ގޮތުން، ގިނަ ޒުވާނުންނަށް، ސިޔާސީ މަސައްކަތް ސިފަވެފައި އޮންނަނީ ވަރަށް ’ހަޑިއެއްޗެއްގެ‘ ގޮތުގައި ކަމަށް ރައީސުލްޖުމްހޫއިްޔަަ ޑރ. މުހައްމަދު މުއިއްޒު ރޭގައި ވިދާޅުވެއްޖެ އެވެ.
ރައީސް ވިދާޅުވީ ޒިންމާދާރު ސިޔާސީ މަސައްކަތުގައި، ނުރަނގަޅު ކަންކަމާއި ބަލައިނުގަނެވޭނެ ކަންކަން އެއްވެސް ހާލެއްގައި ހުންނާކަށް ނުޖެހޭ ކަމަށެވެ. އެކަމަކު މިއަދާ ހަމައަށް ރާއްޖޭގެ ސިޔާސީ މައިދާން ބަދަލުވަމުން، ފުރޮޅެމުން އައި ގޮތުން ޒުވާނުންނަށް އެ މަސައްކަތް ވިސްނިފައި އޮތީ ވަރަށް ހަޑި، އެކަމުގައި އުޅެން ކައިރިވާން ވެސް ކަމުނުދާ އެއްޗެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއީ ބަދަލުކުރަން ޖެހޭ ވިސްނުމެކެވެ. އަދި އެކަން ކުރެވޭނީ، އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި، ގައުމު އިސްކޮށްގެންނެވެ.
”އެންމެ ފުރަތަމަ ގައުމު އިސްކުރަންޏާ ދާނީ ދިވެހީންގެ ރާއްޖެއަށް. އެންމެ ފުރަތަމަ ގައުމު އިސްކުރަންޏާ ސިޔާސީ މަސައްކަތަކީ ވަރަށް ސާފު މަސައްކަތެއް،“ އެ މަނިކުފާނު ވިދާޅުވި އެވެ.
ގައުމު އިސްކޮށްގެން ކުރާ މަސައްކަތުގެ ސިފަތައް ވެސް ރައީސް ފާހަގަކުރެއްވީ:
° އެ މަސައްކަތުގައި ގައުމު ދޫކޮށްލާފައި، އަމިއްލަ މަސްލަހަތެއް އިހެއްނުކުރާނެ
° ގައުމު ހަލާކުވާން ދޫކޮށްލާފައި ޕާޓީއަށް ފައިދާހުރި ކަންކަމެއް ނުކުރާނެ



