ޕީއެންސީގެ ނައިބު ރައީސް ކަމަށް ހަ ބޭފުޅަކު އިންތިހާބުކޮށްފި އެވެ.
ޕީއެންސީގެ ނައިބު ރައީސް ކަމަށް ވާދަކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު ފާތިމަތު ސައުދާ އާއި ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދު އަދި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް އެވެ.
ނައިބު ރައީސުންގެ ވޯޓު ނެގީ ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ގެންދާ އެ ޕާޓީގެ ކޮންގްރެސްގަ އެވެ. މި ވޯޓުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ސްޕޯޓްސް މިނިސްޓަރު ރާފިއު އެވެ.
ވޯޓު ލާފައި ވަނީ އެކަމަށް ހާއްސަ އެޕެއް ބޭނުންކޮށްގެން އެ މީހެއްގެ މޮބައިލް ފޯނު މެދުވެރިކޮށެވެ. ވޯޓު ލާން ދީފައި ވަނީ 7 މިނެޓެވެ.
އެންމެ މަދުން ވޯޓު ލިބިވަޑައިގަތުމުން އަސްމާއާއި ނިމާލް މި އިންތިހާބުން ވަނީ ކަޓާފައެވެ.
ނައިބު ރައީސް ކަމަށް ނެގި ވޯޓުގެ ނަތީޖާ:
އަބްދުﷲ ރާފިއު: 968 ވޯޓު
ފާތިމަތު ސައުދާ: 923 ވޯޓު
އަހުމަދު ޝިޔާމް: 964 ވޯޓު
އިބްރާހިމް ޝުޖާއު: 862 ވޯޓު
މުހައްމަދު ސައީދު: 833 ވޯޓު
މުހައްމަދު ހުސައިން ޝަރީފް (މުންދު): 780 ވޯޓު
މުހައްމަދު ނިމާލް: 301 ވޯޓު
އަސްމާ ރަޝީދު: 288 ވޯޓު




