ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި، އެ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން އަންހެން ބޭފުޅުންނަށް ޚާއްސަކުރި 10 ގޮނޑިއަށް މެމްބަރުން އިންތިޚާބުކޮށްފިއެވެ.
މި އިންތިޚާބުގައި 930 ވޯޓާ އެކު އެއްވަނަ ހޯއްދެވީ، 88.18 އިންސައްތަ ލިބުނު މަރިޔަމް ޝިއުނާއެވެ.
އަންހެނުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބޭއްވި މި އިންތިޚާބުގައި ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރެއްވި އިރު، 1085 މަންދޫބުން ވަނީ ވޯޓު ދެއްވާފައެވެ. އިއްޔެ ފެށުނު ޕީއެންސީގެ މަތީ މަޖިލީހުގައި މިއަދު ކުރިއަށްދަނީ ޕާޓީގެ އެކި މަގާމުތަކަށް ބޭފުޅުން އިންތިޚާބުކުރުމުގެ މަސައްކަތެވެ. އެގޮތުން ޕާޓީގެ ނައިބުރައީސްކަމަށް ހަ ބޭފުޅަކު މިހާރު ވަނީ އިންތިޚާބުކޮށްފައެވެ.
އިންތިޚާބީ ކޮމިޓީން އިއްވި ނަތީޖާއިން ދައްކާގޮތުން އަންހެނުންގެ ގޮނޑިތަކަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނާއި އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ އިންސައްތައަކީ:
1. މަރިޔަމް ޝިއުނާ – 930 ވޯޓު (88.18 އިންސައްތަ)
2. ޝެރީނާ އަބްދުއްސަމަދު – 885 ވޯޓު (81.57 އިންސައްތަ)
3. ފާތިމަތު މިޒްނާ އަލީ – 881 ވޯޓު (81.20 އިންސައްތަ)
4. މަރިޔަމް ޝާމިއާ – 870 ވޯޓު (80.18 އިންސައްތަ)
5. އާއިޝަތު މުޙައްމަދު – 863 ވޯޓު (79.54 އިންސައްތަ)
6. އާމިނަތު ނަމްޒާ – 846 ވޯޓު (77.97 އިންސައްތަ)
7. އާސިޔަތު ރީޝާ މުހައްމަދު – 843 ވޯޓު (77.51 އިންސައްތަ)
8. ފާތިމަތު ރުކުޝާނާ – 837 ވޯޓު (77.14 އިންސައްތަ)
9. އާމިނަތު ޝުހުދާ – 819 ވޯޓު (75.48 އިންސައްތަ)
10. ފާތިމަތު މުހައްމަދު – 841 ވޯޓު (78 އިންސައްތަ)




