މާލޭގެ ގަލޮޅުގައި ރޭ ހިނގި މާރާމާރީއެއްގައި އުމުރުން 35 އަހަރުގެ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ގަލޮޅު ހުވަފެނީގޯޅީގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 02:32 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި 35 އަހަރުގެ ފިރިހެނަކަށް އަނިޔާވި ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށްޓަކައި، އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި ޒަހަމްވި މީހާއަށް މިވަގުތު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައެވެ. އަދި އޭނާ ވޯޑަށް ބަދަލުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.



