މީސް މީޑިއާގައި ދައުރުވަމުން ދަނީ، ގާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖްރާއަތްތައް ފުރިހަމަކުރުމަށް ފަހު، ނައްތާލުމަށް ރަސްމީކޮށް ހުއްދަ ދީފައިވާ އުޅަނދުތަކެއް ގެންދިޔަ މަންޒަރުކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ޓޯ ކޮށްފައިވާ ސައިކަލުތަކެއް ޓްރަކަކުން އަރުވައިގެން ގެންގޮސް، ޓޯޔާޑަށް ވައްޓާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީސް މިޑިއާގައި ސައިކަލެއް ޓްރަކަކުން ވައްޓާލާ މަންޒަރު ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ، ޓޯކޮށް، ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި އުޅަނދުތަކުގެ ވެރިފަރާތްތަކުން ހަވާލުނުވާ ސަބަބުން ގާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖްރާއަތްތައް ފުރިހަމަކުރުމަށް ފަހު، ނައްތާލުމަށް ރަސްމީކޮށް ހުއްދަ ދީފައިވާ އުޅަނދުތައް ކަމަށެވެ.
އަދި ވީޑިއޯއިން ފެންނަ މަންޒަރަކީ އެ އުޅަނދުތައް ނައްތާލުމަށްޓަކައި ތިލަފުއްޓަށް ކުނީގެ ގޮތުގައި ގެންދިއުމަށް، ހުޅުމާލެ ފޭސް ދޭއްއިން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް ގެންގޮސް ކުނީގެ ގޮތުގައި އެއްކުރަމުންދިޔަ މަންޒަރު ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.




1 Comment
މިގޮތަށް ވީޑިޔޯ ބަސްޓު ކޮށްލި ގޮލާ އެވަގުތު ފެނުނު ނަމަ ހަން ނޮޅާލާނަން. )ވިސްނާނެ ފޮތް)
އުސޫލު ބުނާގޮތުން ކުނީގެ ގޮތުގައި ނައްތާލިޔަސް ވެސް ރައްޔިތުން އަގުބޮޑުކޮށް ގަނެފަ ހުންނަ މުދަލެއް ނައްތާލާ އެއްމެ ފަހު ޕްރޮސީޖާ އާއި ހަމައަށް (ތިލަފުށްޓަށް) ގެންދެވެންދެން ވެސް ސަލާމަތާ ރައްކާތެރިކަން ބަލަހެއްޓުމަކީ ފުލުހުން ގެ ވާޖިބެއް އަދި ޒިންމާއެއްވެސްމެ.
ނަމަވެސް މިބަޔާނުން ބުނެދިނީ ފުލުހުން ގެމުޅި މުއައްސަސާ ގައި ވަކި ފުލުހެއް ނަމަވެސް ފަރުދީ ޒިންމާ ވެސް ނެތް ކަމުގައި. ނޫން ނަމަ މިސާލަކަށް ވިސްނަވާ
އިސްލާމީ ޝަރިއަތު ގައި ވާ ގޮތުން ދަންޖައްސާ މެރުމުގެ ވެސް އެއްމެ ފަހު ސުކުން ތުގައި ރަސްމީކޮށް ކޮށްފައި ވާ ހުކުމަށް ބަދަލު އަންނަ ވަރު ގެ ހަޤީގަތް ހާމަވެ ރަސްމީ ހުކުމް ތަން ފީޒު ކުރުމުގައި އިތުރަށް ބައްލަވަންޖެހޭނެ އިޖުރާއަތްތަށް ފުރިހަމަ ކޮށް ބެއްލެވުމަށް ފަހު އިންސާފު ޤާއިމުކޮށް ދެމެހެއްޓުމެވެ.