ރައްޔިތުންގެ މަޖިލީހުގައި ވެރިކަންކުރާ ޕީއެންސީ ތަމްސީލުކުރައްވާ 15 މެންބަރަކާ އެކު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނުގެ އިސްލާމްއާބާދަށް އިއްޔެ ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅާ ބެހޭގޮތުން މަޖިލިސް އިދާރާއިން ބުނީ، މިއީ ޕީއެންސީ މެންބަރުންގެ އަމިއްލަފުޅު ދަތުރެއް ކަމަށާއި މަޖިލީހުގެ ޚަރަދުގައި ވަޑައިގެންނެވި ދަތުރުފުޅެއް ނޫން ކަމަށެވެ.
މި ދަތުރުފުޅާ ބެހޭގޮތުން އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް މި ދަތުރުފުޅުގައި މަޖިލިސް ރައީސް އަބްދުއްރަހީމް އާއި އިތުރު 15 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ދަތުރުފުޅުގައި މަޖިލިސް ރައީސް ވަޑައިގެންނެވީ ފުލް ސެކިއުރިޓީއާއެކު ކަމަށް ވެސް އެނގިފައިވެއެވެ.
މިއީ ހަ ދުވަހުގެ ދަތުރުފުޅެއް ކަމަށާއި އެނބުރި ވަޑައިގަންނަވަނީ އަންނަ ހޮނިހިރު ދުވަހު ކަމުގައިވެސް އެނގިފައިވެއެވެ.



