ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތެރެސްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުަގައި ނައިބު ރައީސް ޔޫއެންގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރެއްވީ އެމެރިގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ ޔޫއެންގެ 81 ވަނަ އާއްމު މަޖިލީހުގެ ހަވާސާގައެވެ.
ނައިބުރައީސް ނިއުޔޯކަށް ވަޑައިގަތީ ޔޫއެންގެ އާއްމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަގުރީރުކުރެއްވުމަށެވެ.
ގުތެރެސްއާ ބައްދަލުކުރައްވައި ނައިބު ރައީސް އަލިއަޅުއްވައިލެއްވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ރާއްޖެއަށް ކުރިމަތިވެފައިވާ މިންވަރުގެ މައްޗަށެވެ. އެއީ ރާއްޖެއަށް ކޮންމެ ދުވަހަކު ވެސް ކުރިމަތިލާން ޖެހޭ ހަގީގަތެއް ކަމަށާއި ރާއްޖޭގެ ތަރައްގީއަށް މެދުނުކެނޑި އެކަމުގެ އަސަރުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާތަކުގެ ގައުމުތައް (ސިޑްސް) އަށް އެކަމުގެ އަސަރުކުރާ އެހެން ކަންތައްތަކުގައި ސެކްރެޓަރީ ޖެނެރަލް ވަކާލާތުކުރާކަން ނައިބު ރައީސް ޝުކުރުވެރިކަމާ އެކު ފާހަގަކުރެއްވިއެވެ.
ޔޫއެންގެ އާއްމު މަޖިލީހުގައި ރާއްޖޭން އިސްކަންދޭނެ މައްސަލަތައް ވެސް އެމަނިކުފާނު ސެކްރެޓަރީ ޖެނެރަލް އަށް ވިދާޅުވެ ދެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެެއްޓެވި ގޮތެއްގައި ދަރަނި މެނޭޖްކުރުމާއި ސިޑްސް އިން އިސްކަންދޭ ކަންތައްތައް ތަރުތީބުކޮށް އެކުލަވާލާފައިވާ އެންޓިގުއާ އެންޑް ބާބިއުޑާ އެޖެންޑާ ހިމެނެއެވެ.



