ވ. ފުލިދޫގައި ބޭއްވި މޫދު ކްލާހެއްގައި، ނޭވާލާން އުނދަގޫވެގެން ގެންދިޔަ އަންހެނަކު ނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ، 2026 ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ 16:30 އެހައިކަންހާއިރު، ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްެރިސުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ވޯޓަރ ބްރޭކް ވަގުތު އެއްގަމަށް އަރަންދިޔަ މީހަކު ނޭވާލާން އުނދަގޫވާކަމަށް ބުނުމުން ރަށު ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށެވެ.
ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް، 18:14 އެހައިކަންހާއިރު މީހާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. ނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި އަންހެނެކެވެ.
ނިޔާވި މީހާގެ ހަށިގަނޑު މާލެ، އައިޖީއެމް ހޮސްޕިޓަލަށް ގެނެސް މެޑިކަލް އެގްޒެމިނޭޝަންއެއް ހެދުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި ހަށިގަނޑުވަނީ އާއިލާއާ ހަވާލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.




