ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނޭޕާލްގެ ދެމީހަކު ބަންދުކޮށް، އެމީހުން ބޮޑުކަމުދިޔުމުން 106 ބުލެޓު މަސްތުވާތަކެތި ހޯދައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 40 އަހަރުގެ އަންހެނެއް ކަމަށްވާ އީތުރާނީ ގަލެ އާއި 47 އަހަރުގެ ފިރިހެނެއް ކަމަށްވާ ނިއްކަ ތަމަންގް އެވެ.
މި ދެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުގެ 30 ދުވަސް ދީ ނެރުނު ދެ އަމުރުން އެނގޭ ގޮތުގައި މި ދެ މީހުންނާ މެދު ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވުނީ އުޅުން ހުރި ގޮތުންނެވެ. އެހެންވެ ދެ މީހުން އައިޖީއެމްއެޗަށް ގެންގޮސް ސްކޭންކުރުމުން ”ފޮރިން ބޮޑީސް“ ހުރި ކަމަށް ސްކޭންތަކުން ދެއްކި ކަމަށާއި އެ ތަކެއްޗަކީ މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ބުނެފައިވެ އެވެ.
މިއިން ކޮންމެ މީހެއްގެ ހަށިގަނޑުން ވެސް ވަނީ ބޮޑުކަމު ދިޔައިރު 53 ބުލެޓް ޑްރަގް ނެގިފައި ކަމަށާއި އަދި ކޮންމެ މީހެއްގެ ހަށިގަނޑުން ނެގުނު ތަކެތީގެ ބަރުދަނުގައި 650 ގްރާމް ހުރި ކަމަށް ވެސް ކޯޓު އަމުރުތަކުގައި ބުނެފައިވެއެވެ.
އެހެންކަމުން މި ދެ މީހުން ބޮޑުކަމުދިޔައިރު ނެގުނު 106 ޑްރަގް ބްލެޓްގައި 1.3 ކިލޯގްރާމް ހުރިކަމަށް މައުލޫމާތު ލިބިފައިވެއެވެ.



