އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ވިލަރެސް ކޮމިޓީއެއް އެކުލަވާލައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތުގެ ދަށުން ހެރިޓޭޖް މިނިސްޓްރީން ދަނީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕޭން ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
އިޙްތިރާމް އަދާކުރުމުގެ ކެމްޕޭނަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔުމަށް ސަރުކާރުން ފައްޓަވާފައިވާ ޤައުމީ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ކެމްޕޭން ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން މަސައްކަތް ވިލެސްކުރާނެ ޚާއްސަ ޓީމެއް މިހާރުވަނީ އެކުލަވާލާފައެވެ.
އެ މިނިސްޓްރީން ބުނީ މިކޮމިޓީގައި ކަމާގުޅުންހުރި މިނިސްޓްރީތަކާއި މުވައްސަސާތައް ހިމެނޭހެން 9 މެމްބަރުން ހިމެނޭކަމަށެވެ.
އެގޮތުން ވިލަރެސް ކޮމިޓީގައި ހިމެނޭ ބޭފުޅުން:
° ހެރިޓޭޖް މިނިސްޓްރީ – އިބްރާހީމް ސޮބާހް
° ހޯމްލޭންޑް މިނިސްޓްރީ – ނަސްރީނާ އިދްރީސް
° ޑިފެންސް މިނިސްޓްރީ – ޢަލީ ފަހުމީ
° އެޑިއުކޭޝަން މިނިސްޓްރީ – މުޙައްމަދު ނާތީމް
° ފިނޭންސް މިނިސްޓްރީ – އަޙްމަދު އައިމަން
° ހެލްތު މިނިސްޓްރީ – މަރްޔަމް ލަހުފާ ޚަލީލް
° އިސްލާމިކް މިނިސްޓްރީ – އައްޝައިޚް އަޙްމަދު ފަހުމީ ދީދީ
° ޔޫތު މިނިސްޓްރީ -–ޝާދިޔާ އަޙްމަދު
° ޕަބްލިކް ސަރވިސް މީޑިއާ – އިބްރާހީމް އިޤްބާލް



