ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ، މިއަދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.
މިއީ ރައީސްގެ ދެކަނބަލުން ކުރެއްވި ނުރަސްމީ ދަތުރުފުޅަކަށްވާތީ، މި ދަތުރުފުޅާ ބެހޭގޮތުން ރައީސް އޮފީހުން އިތުރު މައުލޫމާތެއް ނުދެއްވައެވެ.
ނަމަވެސް މިފަދަ ދަތުރުފުޅުތަކަށް ޚަރަދު ކުރައްވަނީ އެމަނިކުފާނު އަމިއްލަފުޅައްކަން މީގެކުރިން އެ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.


