ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް އަނިޔާކޮށް، އޭނާގެ އަތުން ފޭރެން އުޅުނު މައްސަލައިގައި ހައްޔަރުކުރި ނޭޕާލް ފިރިހެން މީހާ 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ، ބިދޭސީ ފިރިހެނަކު އެ އަންހެން މީހާގެ އަނގަމަތީގައި އަތް އަޅައިގެން، އެ އަންހެން މީހާގެ ގައިމައްޗަށް އަރާ އިންނަަ މަންޒަރެވެ.
އެމީހާ ހުއްޓުވީ އެވަގުތު އެ މަންޒަރު ވީޑިއޯ ކުރި ދިވެހި ފިރިހެނެކެވެ. އެ އަންހެން މީހާގެ ފައިސާތައް ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ މަގުމައްޗަށް އުކާލާފައި ހުރި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
މި ހާދިސާ ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 6:04 ހާއިރެވެ.
މިކަމާ ގުޅިގެން މިމަހުގެ 26 ވަނަ ދުވަހު، އުމުރުން 24 އަހަރުގެ ނޭޕާލް ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.
އޭނާގެ ބަންދަށް އެއިރު 5 ދުވަސް ޖެހުމަށްފަހު އިއްޔެ ކޯޓުން ވަނީ އެ މުއްދަތު 15 ދުވަހަށް އިތުރު ކޮށްފައެވެ.


