ޖިނާއީ އަމަލެއް ކުރި ކަމަށް ބަލާނެ ހެއްކެއް ނެތުމުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފިއެވެ.
މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުކޮށް ފުލުހުން މައްސަލަ ބަލައި، ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވިއެވެ.
ނަމަވެސް، ފުލުހުންނަށް ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ބުނީ، ޖިނާއީ ކުށުގެ އަމަލެއް އެ މައްސަލައިގައި ހިންގާފައިވާ ބެލެވެން ނެތުމުން ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންވެ، އެ އޮފީހުން އަޒްމިރަލްދާގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާތީ، ފުލުހުން ވެސް މައްސަލަ ފައިލް ކުރީއެވެ.
އަޒްމިރަލްދާގެ މައްސަލަ ފުލުހުން ފައިލްކުރިއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ކުރީގެ ފަނޑިޔާރުގެ މައްސަލައެއް ބަލަމުންނެވެ. ނަމަވެސް، މައްސަލަ ބަލަން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް އޭގެ ތަފްސީލެއް ހާމައެއް ނުކުރެއެ
ވެ.


