އިއްޔެ މާލޭގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި އަތުލައިގަތް ބަނގުރަލާ އެކު، ބަންގްލަދޭޝަށް ނިސްބަތްވާ ތިން މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
އިއްޔެ ހިންގި އޮޕަރޭޝަނުގައި ހ. މާދޫގޭގެ ފުރަތަމަ އަދި ފަސްވަނަ ފަންގިފިލާގައި ގުދަންކޮށްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ވަނީ އަތުލައިގަނެފަ އެވެ.
މި އޮޕަރޭޝަންގައި 826 ފުޅި ބަނގުރާ އަތުލައިގަތް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްވަތްވާ ތިން ރައްޔިތެއްކަމަށްވާ އަލް އަމީން (34އ.) އާއި ޕޮލިން (43އ.) ގެ އިތުރުން އެމްޑީ ރަކިބް ހޮސެން (25އ.) އެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލް އަމީނާއި ޕޮލިން ފަސް ދުވަހަށް އަދި އެމްޑީ ރަކިބް ހޮސެން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.



