ހދ. ކުޅުދުއްފުށި ސިޓީގައި ހުކުރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން 20 އަހަރުގެ ފިރިހެން މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފައިވާއިރު، އަނިޔާވި ކުޑަކުއްޖާ ފަރުވާއަށް ފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި މި އެކްސިޑެންޓް ހިނގާފައިވަނީ ހުކުރު ދުވަހުގެ މެންދުރު 14:09 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި، ދެ ސައިކަލުގައި ތިބި ދެ މީހަކަށް އަނިޔާވި ކަމަށާއި އެއީ އަންހެނަކާއި ފިރިހެން ކަމަށް އޭރު ފުލުހުން ބުންޏެވެ. އަދި އެކްސިޑެންޓުވި ވަގުތު ވިއްސައިގެން ދިޔަ ތަކެތި، އެ ސަރަހައްދުން ބައިސްކަލެއްގައި ދިޔަ ކުއްޖެއްގެ ގައިގައި ޖެހި އެ ކުއްޖާއަށް ވެސް އަނިޔާވި ކަމަށް އޭރު ފުލުހުން މައުލޫމާތު ދިނެވެ.
އެ އެންމެން ފަރުވާއަށް ގެންދިޔައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކަށެވެ. ނަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާތީ އޭނާވަނީ ހުކުރު ދުވަހު ހޮސްޕިޓަލުން ދޫކޮށްލާފައެވެ.



