އެލައިޑް އިންޝުއަރެންސްގެ މި އަހަރުގެ ދެވަނަ އައިފޯން ގިވްއަވޭ ޕްރޮމޯޝަން ”އެލައިޑް އައިފޯން ޑްރޮފް 2“ މިއަދު ތައާރަފުކޮށްފިއެވެ.
މިފަހަރުގެ ޕްރޮމޯޝަންގައި ނަސީބުވެރި އެއް ފަރާތަކަށް އައިފޯން 18 ޕްރޯ މެކްސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެލައިޑުގެ އިންސްޓަގްރާމް ޕޭޖް allied.mv@ ގައި ކުރިއަށްދާ މި ޕްރޮމޯޝަން ކުރިއަށްގެންދަނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު allied.mv@ ގައި ލައިވްކޮށް ނަގާ ގުރުއަތަކުންނެވެ.
މިފަހަރުގެ މި ޕްރޮމޯޝަންގައި ދިވެހީންގެ އިތުރުން ބިދޭސީންނަށް ވެސް ބައިވެރިވެވެއެވެ.
ޕްރޮމޯޝަނާ ގުޅޭ އިތުރު ތަފްސީލާއި ޝަރުތުތައް އެލައިޑްގެ އިންސްޓަގްރާމް ޕޯސްޓުން ފެންނާނެއެވެ.
ޕްރޮމޯޝަންގައި ބައިވެރިވާނެ ގޮތް:
° އެލައިޑް އިންޝުއަރެންސްގެ އިންސްޓަގްރާމް ފޮލޯކުރުން.
° އައި ފޯނު ޑްރޮޕްގެ ގިވްއަވޭ ޕޯސްޓަށް ލައިކް ދިނުން.
° ތިން ރައްޓެހިންނަށް ކޮމެންޓް ސެކްޝަނުގައި ޓެގް ކުރުން.
އެ ޕޯސްޓު އިންސްޓަގްރާމް ސްޓޯރީއަށް ޝެއާކޮށް، allied.mv@ ޓެގްކުރުމުން އިތުރު ”ބޯނަސް“ ފުރުސަތެއް ލިބޭނެ ކަމަށް އެލައިޑުން ބުންޏެވެ. ކޮންމެ ކޮމެންޓެއްގައި ތަފާތު ތިން ރައްޓެހިން ޓެގްކޮށްގެން، އެއްފަހަރަށް ވުރެ ގިނަ ފަހަރު ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.


