ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮަރަޓައިޒޭޝަންް ބޯޑް(ޕީސީބީ)ގެ ނައިބު ރައީސް ކަމުގައި ހުންނެވި މުޙައްމަދު ފިރާޟް މަގާމުން ވަކިކޮށްފި އެވެ.
ޕީސީބީން މިއަދު، ހާމަކުރިގޮތުގައި، ފިރާޟް މަގާމުން ވަކިކުރައްވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. މަގާމުން ވަކިކުރެއްވި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
ޕީސީބީން ވަނީ އެ ބޯޑުގެ ނައިބް ރައީސް ކަމުގެ މަގާމުގައި ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ފިރާޟް އެ ބޯޑަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
ޕީސީބީން ވަކިކުރުމާއި ގުޅިގެން ފިރާޟް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ މި ސަރުކާގައި ދުވަސްކޮޅަކަށް ނަމަވެސް މަސައްކަތް ކުރަން ލިބުނީތީ ރައީސް ޑރ. މުއިއްޒަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި، ޕީސީބީއަށް ހެޔޮ އެދުންތައް އަރިސްކޮށްފައި ވެއެވެ.
ޕީސީބީގެ ބޯޑުގައި ފިޒާރު ހުންނަތާ މިއީ ތިން ވަނަ އަހަރެވެ. އޭނާ ޕީސީބީ ނައިބް ރައީސް ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.




