ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބޭނުން ކުރައްވަމުން ގެންދެވި ރަސްމީ އީމެއިލް ގައި ހުރި މެއިލްތައް ފޮހެލާފައިވާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.
ފުލުހުން މިއަދު ބުނީ، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ބޭނުންކުރައްވަމުން ގެންދެވި ރަސްމީ އީމެއިލްގައިވާ ހުރިހާ މެއިލްއެއް ފޮހެލާފައިވާ ކަމަށެވެ. އަދި މިކަން ހިނގާފައިވަނީ 2023 ވަނަ އަހަރުކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ތަހުގީގުކޮށްދެއްވުމަށް އެދި އެޑިއުކޭޝަނުން މިމަހުގެ 25 ވަނަ ދުވަހު ފުުލުހުންގެ ޚިދުމަތަށް ހުށަހެޅުމާއި ގުޅިގެން، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް މިއަދު ފުލުހުން ބުންޏެވެ.
ފުލުހުން، އެކަމުގެ ތަފުސީލު ހާމަކޮށްފައެއް ނުވެއެވެ.



