ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކިން އެޕްލިކޭޝަންއަށް އަނެއްކާ ވެސް މައްސަލަތަކެއް ދިމާވެއްޖެ އެވެ.
ބީއެލްއެމްއިން މިއަދު ބުނެފައިވަނީ، ޓެކްނިކަލް މައްސަލައެއް ދިމާވެ އެ ބޭންކުގެ އިންޓަނެޓް ބޭންކިންއަށް ބުރޫ އަރާ އަދި އިންޓަނެޓް ބޭންކިންގ މުއާމަލާތަތްތައް ކުރުމުގައި ވެސް މައްސަލަތަކެއް ދިމާވެފައިވާކަމަށެވެ. އަދި ވީހާވެސް އަވަހަށް އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް ބީއެމްއެލްއިން ބުނެފައި ވެއެވެ.
ބީއެމްއެލް އިން ވަނީ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ދިމާވާ މައްސަލަތަކާއި ގުޅިގެން ނިހާޔަތަށް މައާފަށް އެދިފަ އެވެ.
މިދިޔަ ބުރާސްފަތިދުވަހުގެ މިފަދަ މައްސަލަތަކެއް ކުރިމަތިވި އެވެ. އެފަހަރު އެހެންވީ ޕޭމަންޓް ޕްރޮސެސް ކުރުމުގައި ’ހިއުމަން އެރާ‘ އެއްގެ ސަބަބުން އޮޅިގެން އެކައުންޓުތަކަކަށް ފައިސާ ޖަމާކުރެވުމުން ކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ. އެދުވަހު ގިނަ ބައެއްގެ އެކައުންޓްތަކަކަށް ގިނަ އަދަދުން ޖަމާވި ފައިސާ ބީއެމްއެލްއިން ވަނީ އަނބުރާ ހޯދައި މައްސަލަ ހައްލުކޮށްފަ އެވެ.




