މާލެ ސިޓީ، ގ. މޫން ލައިޓް ރެއިޑްކޮށް އެގޭގައި ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 16 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންނާ ގުޅޭގޮތުން ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު މައުލޫތެއްގެ މައްޗަށް ބިނާކޮށް ފުލުހުންނާ ގުޅިގެން މިދިޔަ ހޯމަދުވަހު ހިންގި އޮޕަރޭޝަނެއްގައި ގ. މޫން ލައިޓްގެ ދެފަންގިފިލައެއް ބަލާ ފަސްކުރިއެވެ.
އިމިގްރޭޝަނުން ބުނީ، އެތަނުގެ 1 ވަނަ ފަންގިފިލާގައި ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކޮށް، ބިދޭސީންނަށް ހާއްސަކޮށްގެން ކެފޭގެ ޚިދުމަތް ދިޔަ ކަމަށެވެ. އަދި އެތަނުގެ ދެވަނަ ފަންގިފިލާގައި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކް ތަކެއް ހަދައި، ކުއްޔަށް ދޫކޮށްފައިވާކަމަށެވެ.
މި އޮޕަރޭޝަނުގައި އެ ތާނގައި ތިބި ބިދޭސީންވެސް ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިއަ 16 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.



