ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު ސައީދު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން(ޕީސީބީ) އިން ސައީދު އެމަގާމަށް އައްޔަންކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ސައީދު ޕީއެސްއެމްގެ އެމްޑީކަމުގެ މަގާމަށް އައްޔަނުކޮށްފައިމިވަނީ، އެމަގާމުގައި ހުންނެވި ޒީނާ ޒާހިރު އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވާފައިވަނިކޮށްނެވެ.
ކުއްލިގޮތަކަށް ޒީނާ ޒާހިރު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އިސްތިއުފާދެއްވީ ކޮން ސަބަބަކާހުރެ ކަމެއް ހާމަކުރައްވާފަ އެވެ ނުވެއެވެ.
ފަހަކަށް އައިސް ސަރުކާރުގެ ގިނަ ކުންފުނިތަކުގެ ބޯޑުތަކަށް ޕީސީބީން ދަނީ ބަދަލު ގެންނަމުންނެވެ. ދާދި ފަހުން ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ޢަބްދުﷲ ޒިޔާދު ވަކިކޮށް، އެމަގާމަށް އަޙްމަދު ސަޢުދީ ޢައްޔަންކޮށްފަ އެވެ.



