ފިނޭސް މިނިސްޓްރީގެ އެދުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ހާއްސަ އާންމު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ބީއެމްއެލްއިން ބުނީ ހާއްސަ އާންމު ޖަލްސާއެއް ބާއްވާދިނުމަށް މިމަހުގެ 24 ވަނަ ދުވަހު މާލީ ވުޒާރާއިން އެދިފައިވާތީ
އެ ބޭންކުގެ ހާއްސަ އާންމު ޖަލްސާއެއް އަންނަމަހުގެ 21ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ(އެމްއެސްޑީ)ގެ އޮންލައިން މީޓިންގ މެނޭޖްމެންޓް ސިސްޓަމް ”ފަހިވޯޓް“ މެދުވެރިކޮށް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
މި ޖަލްސާގައި 20 ޖުލައި 2024 ގައި ބޭއްވުނު ބޭންކުގެ ހާއްސަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށް، ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.
ޖަލްސާގައި ބައިވެރިވެވެނީ، 10 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ
ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ހިއްސާދާރުންނަށެވެ. އަދި އޮންލައިން ކޮށް ޖަލްސާ ބާއްވާތީ ވޯޓުލުން ކުރިއަށް ގެންދާނީ ”ފަހިވޯޓް“ މެދުވެރިކޮށްކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.
ބީއެމްއެލްއިން މިހާރު ވަނީ ހިއްސާދާރުންނަށް ޖަލްސާގެ ނޯޓިސް ފޮނުވައި، ޖަލްސާގައި ޕްރީ-ރަޖިސްޓްރީވުމަށްވެސް ހުޅުވާާލާފަ އެވެ. އެގޮތުން،މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މާދަމާ ހެނދުނު 10:00 އިން 19 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށް ޕްރ-ީރަޖިސްޓަރީކުރެވެއެވެ. މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދެނީ މި މުއްދަތުގެ ނިޔަލަށް ޕްރ-ީރަޖިސްޓަރީކުރާ ފަރާތްތަކަށް އެކަނި ކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.




