ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން ސާފުުކުރުމުގެ މަސައްކަތް ފަށައިފި ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ފަށައިފި އެވެ.
އެޗްޑީސީން ބުނީ، އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ޕާކު ކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފަހުރި ތަކެތި ނަގައި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރަމުން އަންނަކަމަށެވެ.
މިއީ،ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޗްޑީސީން ކުރަމުން އަންނަ މަސައްކަތެކެވެ. މި މަސައްކަތުގައި ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށާއި، މިއަދު ސާފުކުރަނީވެސް އެއިދާރާތަކާ ގުޅިގެންކަމަށް އެޗްޑީސީއިން ބުނެފައި ވެއެވެ.
ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި ގިނަ އަދަދެއްގެ ވެހިކަލް ޕާކްކޮށްފައި ހުރިއިރު،އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައްވެސް ހިމެނެ އެވެ.އެޗްޑީސީން ފުލުހުންނާއިގު ޅިގެން އެއުޅަނދުުތައް ނަގަންފެށީ،އޭގެ ވެރިފަރާތްތަކަށް އެތަނުން އެނަގަން އެކަށީގެންވާ މުހުލަތެއް ދިނުމަށްފަހުގަ އެވެ.




