މާލެ ސިޓީގައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އާދަމް އަތުހަރުގެ ޝަރީއަތްް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފި އެވެ.
ފުލުހުން އަތުހަރު ހައްޔަރުކޮށްފައިވަނީ، ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ވަޅިން ބިރުދައްކައިގެން އަންހެނަކު ރަހީނުކުރި މައްސަލައިގައެވެ.
މި މައްސަލައިގަ މިއަދު ފުލުހުން ބުނެފައިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ޣައިރު ހާޒިރުގައި ކޯޓަށް ހުށަހެޅުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ގާޒީ އަމުރުނެރެދީފައި ވާކަމަށެވެ.
ފުލުހުން އޭނާ ހައްޔަރުކުރުމުގެ ތެރޭގައި ލިބުނު އަނިޔާއަށް ފަރުވާކުރުމަށްފަހު އައިޖީއެމްއެޗުން މިއަދު ހެނދުނު ދޫކޮށްލުމުން އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
އަންހެނަކު ރަހީނުކުރި، އަތުހަރުގެ ހުރިހައި މެޑިކަލް ރިޕޯޓެއްވެސް ނޯމަލް: ފުލުހުން
ފުލުހުން ބުނީ އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށާއި،މިހާތަނަށް ހެދި ހުރިހައި ޓެސްޓްގެ ނަތީޖާތައްވެސް ނޯމަލް ކަމަށެވެ.



