ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އިން ނިޕޯން ކުލައިގެ ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ޤައުމީ ދުވަހާ ގުޅުވައިގެން ކުރިޔަށްގެންދާ މި ޕްރޮމޯޝަން ފެށީ، 31 އޮގަސްޓްގަ އެވެ. 5 ސެޕްޓެންބަރުގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަނަކީ ހަމައެކަނި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވްރޫމް އިން ލިބޭނެ ޚާއްޞަ ފުރުޞަތެއްކަމަށް އެސްޓީއޯއިން ބުނެއެވެ.
މިޕްރޮމޯޝަންގެ ދަށުން، ހުރިހާ ނިޕޯން ޕެއިންޓްތަކުން %10 ގެ ޚާއްޞަ ޑިސްކައުންޓެއް އަދި ޕެއިންޓް އެކްސަސަރީސްގެ ގޮތުގައި ހިމެނޭ ކުލަފިހި، ރޯލަރ އަދި ބުރުސް ފަދަ އެހެނިހެން ކުލަލުމުގެ ސާމާނުން %15ގެ ޑިސްކައުންޓެއް ލިބޭނެކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.
އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް ހުންނަނީ ހުޅުމާލޭގެ ހުވަނދުމާ ހިނގުމުގައެވެ. މި ފިހާރައިން ކޮންސްޓްރަކްޝަންއާ ގުޅުންހުރި ހުރިހާ ބާވަތެއްގެ ސާމާނު ލިބެން ހުންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.



