ޕަބްލިކް ޑެޓް މެނޭޖްމަންޓް ނެޓްވޯކުގެ ތިންވަނަ ޕަބްލިކް ޑެޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
މިކަން ހާމަކުރައްވައި، އެ މިނިސްޓްރީން ބުނެފައިވަނީ މި ކޮންފަރެންސްގައި އެ މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރ އޮފް ފިނޭންސްގެ ނައިބު މުޙައްމަދު އަނަސް، އެސިސްޓަންޓް ރިސޯސް މޮބިލައިޒޭޝަން އެގްޒެކެޓިވް ނަޝްވާ މުޙައްމަދު ޝަރީފް، ޑެޓް މެނޭޖްމަންޓް އެނަލިސްޓް ޢާއިޝަތު އަމީރާ ޢަޒީޒް އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ އިބްރާޙީމް މާޒިން މާޙިރު ކަމަށެވެ.
ތިންވަނަ ޕަބްލިކް ޑެޓް މެނޭޖްމަންޓް ކޮންފަރެންސް އޮންނާނީ އަންނަ މަހުގެ 3 އިން 4 އަށް އެމެރިކާގެ ވޮޝިންޓަން ޑީ.ސީ ގައެވެ.
ޕަބްލިކް ޑެޓް މެނޭޖްމަންޓް ނެޓްވޯކުގެ ދެ ވަނަ ޕަބްލިކް ޑެޓް މެނޭޖްމަންޓް ކޮންފަރެންސް ބާއްވާފައިވަނީ 2022 ވަނަ އަހަރު، އިޓަލީގެ ވެރިރަށް ރޯމްގަ އެވެ.



