މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ގުޅޭ ގައުމީ އިދާރާއިން، 12:00 އިން 18:00 އާ ހަމަޔަށް ވައިޓް އެލާޓް ނެރެފައިވަނީ ހއ އިން ފެށިގެން ގއ އަތޮޅާ ހަމަޔަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، ސަމާލު ނެރެފައިވާ އަތޮޅުތަަކަށް ބޯކޮށްވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މޫސުން ގޯސްކަމުން ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.



