ފިލިޕީންސްގައި މިހާރު ކުރިއަށްދާ އިންޓަޕޯލް އީ – އެވިޑެންސް ފަސްޓް ރެސްޕޮންޑަރސް ޓްރެއިނިންގ ޕްރޮގްރާމުގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކު ކިޔަވައިދީފި އެވެ.
ފުލުހުން ބުނީ، މި ޓްރެއިނިންގައި އެންޓި ސްކޭމް ރެޕިޑް ރެސްޕޮންސްގެ، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދުދެ މޮޑިއުލްއެއް ކިޔަވައިދެއްވިކަމަށެވެ. އެއީ ”ކަލެކްޓިންގ އިލެކްޓްރޯނިކް އެވިޑެންސް” އަދި ”އިންޓަވިއު އެންޑް ޑޮކިއުމެންޓޭޝަން” މޮޑިއުލް އެވެ.

މި މަހުގެ 23 އިން 27 އަށް ކުރިއަށް ގެންދާ އިންޓަޕޯލް އީ – އެވިޑެންސް ފަސްޓް ރެސްޕޮންޑަރސް ޓްރެއިނިންގައި، ސައިބަރ ކްރައިމްގެ މައްސަލަތައް ބަލާ ޕްރޮސެކިއުޓަރުންނާއި ނެޝަނަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުގެ މެމްބަރުންގެ އިތުރުން ފިލިޕީންސްގެ ފުލުހުން ވެސް ބައިވެރި ވެއެވެ.
މީގެ އިތުރުން، ފިލިޕީންސް ފުލުހުންގެ ރީޖަނަލް ސައިބަރ ކްރައިމް ޔުނިޓާއި، ވިމެން އެންޑް ޗިލްޑްރެންސް ޕްރޮޓެކްޝަން ޑެސްކާއި ސައިބަރ ކްރައިމްގެ މައްސަލަތައް ތަހުގީގުކުރާ ފުލުހުން ބައިވެރި ވެއެވެ.



