ފުލުހުންގެ ދައުރުު އަދާކުރުމަށް ހުރަސްއެޅި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އިއްޔެ މެންދުރު ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެ ސިޓީ،މ.ސަލާސާ، މޫސާ ފާޒިލް(31އ) އެވެ
ފުލުހުން ބުނީ، އިއްޔެ މެންދުރު ހުޅުމާލެ ފްލެޓް ކައިރިން ފާޒިލްް ހިނގާފައި ދަމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 2 ސެލޯފަންކޮޅު އެއްލާލިތަން، އެ ތަން ޕެޓްރޯލްކުރަން ދިޔަ ފުލުހުންނަށް ފެނުނުކަމަށެވެ. އަދި އެވަގުތު އޭނާާ ހުއްޓުވައި، ސުވާލުކޮށް ބޮޑީ ޗެކްކުރަން އެދުމުން، ގަދަ ހަދައި، ފުލުހުންގެ ދައުރުއަދާކުރުމަށް ހުރަސް އެޅުމުން، ބާރުގެ ބޭނުންކޮށްގެން އެމީހާ ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގުކުރަމުންނެވެ.



