ވެރިކަންކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އެތެރޭގެ އިންތިޚާބް ފަސްކޮށްފި އެވެ.
ޕީއެންސީ މިކަމާގުޅޭގޮތުން ރޭ އާންމުކުރި ބަޔާނުގައި ބުނެފައިވަނީ، އިންތިޚާބުކުރާާ މަގާމުތައް ޝައުގުވެރިވާ އެ ޕާޓީގެ މެންބަރުން އިންތިޚާބު ފަސްކޮށްދިނުމަށް އެދެމުންދަތީ، ނޮވެމްބަރު 9 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި، އިންތިޚާބަށް ކުރިމަތިލުމަށް މެމްބަރުންނަށް ދީފައިވާ މުއްދަތުވެސް އޮކްޓޫބަރު 24 އަށް އިތުރުކޮށްފައިވާ ކަމަށް ޕީއެންސީން ބުނެފައި ވެއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ޖުމްލަަ 2095 މަގާމަކަށް މެންބަރުން އިންތިހާބުކުރުމަށް ހަަމަޖެހިފައި ވެއެވެ. އޭގެތެރޭގައި، ދާއިރާގެ ރައީސުންނާއި، ނައިބު ރައީސުންނާއި،ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި،އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި،ސިޓީތަކުގެ ހުރިހާ ދާއިރާއަކުން ވަކިވަަކިން ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި،ސްޓިއަރިންގް ކޮމިޓީތަކުގެ މެންބަރުން އިންތިހާބު ކުރެވިގެންދާނެކަމަށް ޚަލީލް ވިދާޅުވި އެވެ.
މިއީ، ރާއްޖޭގެ ސިޔާސީ ޕާޓީއެއްގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އިންތިޚާބަށް ވެގެންދާނެކަމަށް ޕީއެންސީން އިންތިޚާބު އިއުލަނުކުރި ދުވަހު ބުނެފައި ވެއެވެ.



