ކ. ކާށިދޫއަށް ދަތުރު ކުރަމުންދާ ދޯންޏެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ، މި ދޯނީގައި ދަތުރުކުރަމުން ދިޔައީ ތިން ބިދޭސީންނާއި ދެ ދިވެހީންކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބުނީ ހަވީރު 15:14 ގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މިއަދު ހެނދުުނު ކަނޑިންމަ ރިސޯޓަށް ދަތުރުކުރި ސަޕްލައި ދޯންޏެއްގެ އިންޖީނުގޭގައި އަލިފާން ރޯވެފައި ވެއެވެ. ހަމްދު ނަމަކަށް ކިޔާ މި ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 8 ގަޑިއިރުންނެވެ. މި ހާދިސާގައި ބޯޓަށް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.




