މޫސުމާ ބެހޭ ގައުމީ އިދާރާއިން 10 އަތޮޅުތަކަށް ވައިޓްއެލާޓް ނެރެފި އެވެ.
މިއަދު ހެނދުނު 09:00 އިން 15:00 އަށް ވައިޓް އެލާޓް ނެެރެފައިވަނީ،ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމަަޔަށެވެ. މެޓް އޮފީހުން ބުނީ، އެލާޓް ނެރެފައިވާ ވަގުތުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
ހަވީރު 06:00 ޖެހުމާ ހަޔަމަށް މޫސުން ކުރިޔަށްލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ވާރޭވެހި ގުގުރުން އެކަށިގެންވާކަމަށެވެ. އަދި،ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.
މީގެ އިތުރުން،ކަނޑު އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި،ރާޅު ނަގާނީ 2-5 އުސްމިނުގައިކަމަށް ބުނެފައި ވެއެވެ.




