ޖަޕާނުގެ އައު ބޮޑުވަޒީރު ޝިގެރޫ އިޝިބާ މަޤާމާއި ހަވާލުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ބޮޑު ވަޒީރު އިޝިބާއަށް މަރުހަބާ ވިދާޅުވަމުން ރައީސް މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބޮޑުވަޒީރު ކަމުގައި ޖަޕާނަށް އިތުރު ކުރިއެރުމާއި ކާމިޔާބު ލިބޭނެކަމަށް އިތުބާރު ކުރައްވާ ކަމަށެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ޖަޕާނުގެ ބޮޑުވަޒީރަށް އިތުރު ކާމިޔާބީ ލިބުމަށް އެދިލައްވާ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުން ޖަޕާނާއެކު ކުރިއަށްއޮތްތަނުގައި ވެސް ގިނަ މަސައްކަތްތަކެއްކޮށް ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޖަޕާނުގެ އައު ބޮޑުވަޒީރު ޝިގެރޫ އިޝިބާ ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގެންނެވީ ކުރިން ބެންކަރެއްގެ މަސައްކަތް ކުރެއްވުމަށް ފަހުގައެވެ.
އެގޮތުން ސިޔާސީ މައިދާނުގައި ފާއިތުވީ 38 އަހަރު މަސައްކަތް ކުރެއްވުމަށްފަހު އެމަނިކުފާނު ހިންގަވާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އަށް މިއީ ކާމިޔާބު ލިބުނު ފުރަތަމަ ފަހަރެވެ.



