އަށް ރަށަކަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝްމް (ޖޭއެސްސީ) އިން އިއުލާނު ކޮށްފިއެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހަތް ރަށަކަށް އިސްމެޖިސްޓްރޭޓުން އަދި އެއް ރަށަށް މެޖިސްޓްރޭޓެއް ހޯދުމަަށް އިއުލާނު ކުރާ ކަމަށެވެ.
އިސްމެޖިސްޓްރޭޓު
ހއ. ބާރަށް، ނ. މާފަރު، ބ. ކެންދޫ، ބ. ތުޅާދޫ، ކ. ކާށިދޫ، ލ. މާވަށް އަދި ގދ. ގައްދޫ
މެޖިސްޓްރޭޓް
ކ. މާފުށި
އިސްމެޖިސްޓްރޭޓާއި މެޖިސްޓްރޭޓު ކަމުގެ މަގާމުގައި ލިބޭ އަސާސީ މުސާރައަކީ މަހަކު 26،350 ރުފިޔާއެވެ. ލިވިންގް އެލަވަންސްގެ ގޮތުގައި 12،000 ރުފިޔާ އަދި ރިސްކު އެލަވަންސްގެ ގޮތުގައި މަހަކު 1،650 ރުފިޔާވެސް ލިބެއެވެ.
މި ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާ ސުންގަޑިއަކީ 20 ނޮވެމްބަރ 2024 ގެ 12:00 ގެ ކުރިންނެވެ. މި މަގާމުތަކަށް ހުށަހަޅެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.



