ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ހަ ރަށެއްގެ ކުޑަކުދިންތަކަކަށް 300 ބައިސްކަލު ހަދިޔާކޮށްފިއެވެ. ބީއެމްއެލް އިން ބައިސްކަލު ހަދިޔާ ކޮށްފައިވަނީ އެރަށްރަށުގެ އުމުރުން 14 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށެވެ.
ބީއެމްއެލް އިން މިއަދު ”އެކްސް“ މެދުވެރިކޮށް ބުނެފައިވަނީ ހަ ރަށެއްގެ ކުދިންނަށް 300 ބައިސްކަލު ހަދިޔާކޮށްފައި މިވަނީ އަދުގެ ޖީލުގެ ޒުވާނުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އާދަކުރުވުމާއި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމަށް ހިތްވަރުދިނުމަށް އެ ބޭންކުން ހިންގި ޕްރޮގްރާމެއްގެ ދަށުން ކަމަށެވެ.

އެގޮތުން ބައިސްކަލު ހަދިޔާކޮށްފައިވާ ރަށްތަކާއި މި ޕްރޮގްރާމު ހިންގުމުގައި ބީއެމްއެލްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ޖަމިއްޔާތަކަކީ:
- ވިލިމާލެ، ސޭވް ދަ ބީޗް
- ހއ. ދިއްދޫ؛ ދިއްދޫ ކުރިމަގު
- ބ. އޭދަފުށި؛ ވެސްޓް ވިންގްސް
- ކ. މާފުށި؛ ނިއު ސްޓާ ސްޕޯޓްސް ކްލަބް
- ނ. މަނަދޫ؛ ޗެސްޓާ
- މ. މުލައް؛ ކޮމިއުނިޓީ އެމްޕަވަމެންޓް ލިންކޭޖް
މި ރަށްތަކަށް ބައިސްކަލު ހަދިޔާ ކުރީ ހަ ޖަމިއްޔާއިން ވެދިން އެހީތެރިކަމަށް ބީއެމްއެލް އިން ވަނީ ޝުކުރު އަދާކޮށްފައެވެ.



