މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ކޮންމެ އަހަރަކުވެސް ބާއްވާ ”ނޫސްވެރިންގެ އެވޯޑްސް“ ގައި މިއަހަރުގެ ”އެންމެ މޮޅު ނޫސްވެރިޔާ“ ގެ އެވޯޑު ”މިހާރު“ ނޫހުގެ ފާތިމަތު ޝަނާ މުހައްމަދު ކާމިޔާބު ކޮށްފިއެވެ.
ރޭގައި ބޭއްވި އެ ޚަފްލާ ޝަނާ އެ އެވޯޑު ހާސިލު ކުރީ ކުޅަދާނަ ހަތަރު ނޫސްވެރިއަކާ ވާދަކޮށެވެ. އޭނާއަކީ އެމަގާމަށް މިއަހަރު ނޮމިނޭޓުވި ހަމައެކަނި އަންހެން ނޫސްވެރިޔާއެވެ.
”އެންމެ މޮޅު ނޫސްވެރިޔާ“ ކަމުގެ އެވޯޑު ޝާނާއަށް ހަވާލުކޮށްދެއްވީ އެ ޚަފްލާގެ ޝަރަފުވެރި މެހެމާން އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފެވެ.
ނޫސްވެރިކަމުގެ ދާއިރާއަށް ޝަނާ އެންމެ ފުރަތަމަ 2012 ވަނަ އަހަރުގައެވެ. އޭނާ ޚާއްސަ ވަނީ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާތަކުގެ ޚަބަރުތައް ދުރާއި ގާތުން ގެނެސްދިނުމަށެވެ.
”އެންމެ މޮޅު ނޫސްވެރިޔާ“ ގެ އެވޯޑުގެ އިތުރުން އެ ޚަފްލާގައި އިތުރު ދާއިރާތަކަކަށް ވެސް ރޭގައި ވަނީ އެވޯޑު ދީފައެވެ.
އެއީ:
* އެންމެ އުންމީދީ ނޫސްވެރިޔާ: މުޙައްމަދު ޔަމީން / ނުކުތާ
* އަހަރުގެ އެންމެ މޮޅު ކަވަރޭޖްގެ އިނާމު: ދިވެހި ފުޓުބޯޅައިން ވައި ހިނދި، ފައިސާ ގަދަވުން/ މިހާރު ނޫސް
* ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އޯޑިއޯ ވީޑިއޯ: އަޙްމަދު ޢާއިދު/ އަދަދު ނޫސް
* ތަހުގީގީ ނޫސްވެރިކަމުގެ ދާޢިރާ ނޫސްމަޖައްލާ: އަޙްމަފު ނާއިފް/ ދައުރު ނޫސް
* ވީޑިއޯ ޑޮކިއުމެންޓްރީ ދާއިރާ: މުޙައްމަދު މިރާން ނާޝިމް/ އަދަދު ނޫސް
* ފީޗާ ރިޕޯޓުގެ ދާއިރާ: މުޙައްމަދު މުޒައްޔިނު ނާޒިމް/ ދައުރު ނޫސް
* ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ: ޝަހުދާ މުޙައްމަދު/ ދައުރު ނޫސް




