ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗުގެ 21 ދަރިވަރުން މިއަދު ދަސްވެނި ވެއްޖެއެވެ.
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވަން 2028 ވަނަ އަހަރު ހުޅުވާލިއިރު އެއިރު އެކަމަށް އެދި ހުށަހެޅީ 40 ދަރިވަރުންނެވެ. ނަމަވެސް އެ ފުރުސަތު ލިބިފައިވަނީ 21 ދަރިވަރަކަށެވެ. އެއީ ދެ ފިރިހެން ދަރިވަރުންނާއި 21 އަންހެން ދަރިވަރުންނެވެ.
ޑޮކްޓަރުކަން ކިޔަވައި ދަސްވެނިވީ 21 ދަރިވަރުންނަށް މިއަދު ވަނީ ޑޮކްޓަރުކަމުގެ ހުވާ ކޮށްފައެވެ. އެ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ސަނަދު ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިއަދު ދަސްވެނިވީ ދަރިވަރުން މިހާރު އަންނަނީ މާލެ އާއި ރަށްރަށުގެ އެކި ހޮސްޕިޓަލުތަކުގައި އިންޓަރނުންގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދާ، އެމްއެންޔޫގެ މެޑިސިން ސްކޫލުގައި މިހާރު، ހަތް ބެޗެއްގައި 222 ދަރިވަރުން ކިޔަވަމުން ދެއެވެ.
ފަސް އަހަރުގެ މި ކޯހުގެ އެންމެ ފަހު އިމްތިހާނު އޮތީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ އިމްތިހާނުގައި ބައިވެރިވި ހުރިހާ ދަރިވަރުން ވަނީ ފާސްވެފަ އެވެ.




