67 ކާޓަން ސިނގިރޭޓު ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާ އާއި ހިއްސާ ކޮށްފައިވާ މެސެޖެއްގައި ބުނެފައި ވަނީ 2 ނޮވެމްބަރު ގެ 5:40 ގާއިރު ފުލުހުން ޕެޓްރޯލު ކުރަމުން ދިޔަ އިރު އޮލިމްޕަސް ކައިރިން ދިޔަ މީހަކާއިމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި އެނާ ގެންގުޅުނު ދަބަސް ތަކަކާއި ކޮތަޅުތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ފުލުހުން ބަލައި ފާސްކުރުމުން އޭނާގެ އަތުން 67 ކާޓަން ސިނގިރޭޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ސިނގިރޭޓު ކާޓަން ތަކަކީ އޯޝަން ނޯޓިކަލް ޕްރައިވެޓް ލިމިޓެޑް އިން އޭނާ ވަގަށް ނަގާފައިވާ ތަކެތިކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
މީގެއިތުރުން، މިމައްސަލަ އާއި ގުޅިގެން ށ. ފޭދޫ / ހިނރުދުމާގެ، އަހުމަދު ލުޖައިން (24އ) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ އޭނާގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް އޭނާ ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



