ނަސްރުގެ ދުވަހުގެ މުހިންމު ދެ ހަރަކާތުގައި ރައީސަކު ބައިވެރިވި މަންޒަރު ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަސްކަރީ ޚިދުމަތުގައި އެމަނިކުފާނު ހޭދަކުރެއްވި 11 އަހަރު ތެރޭގައި ގައުމީ ދުވަސް ފާހަގަކުރަން ބޭއްވާ ހަރަކާތުގައި ކޮމާންޑާ އިން ޗީފް ބައިވެރިވި ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ދެހަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ގިނަ ފަހަރު ގައުމުގެ ކޮމާންޑާ އިން ޗީފް އެއްވެސް ހަރަކާތެއްގައި ވެސް ބައިވެރިވެފައި ނުވާ ހާލަތު އެބަހުރި ކަމަށެވެ.
އެހެންކަމުން ވަޒީރު ވަނީ ނަސްރުގެ ދުވަހުގެ މުނާސަތުގައި ބޭއްވި މިދެހަރަކާތުގައި ވެސް ބައިވެރިވެޑައިގެންފައިވާތީވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނަސްރުގެ ދުވަސް ފެށުމަށް ސިފައިން އެއް ޖަމާޢަތެއްގައި ކުރެވުނު ފަތިސް ނަމާދުގެ ބައިވެރިވެވަޑައިގެންފައެވެ. އަދި ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.




